މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ހިލާފުވުމުން ސްޕޯޓްސް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް ސަސްޕެންޑް ކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ޕީއާރު އޮފިސަރު އިސްމާއިލް އަޒްމީން މިއަދު "ވަން" އަށް ވިދާޅުވީ ޝިފާޒު ސަސްޕެންޑް ކުރީ ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ ގައިޑް ލައިނާ ހިލާފުވުމުން ރައީސް އޮފީހުން ކަމަށެވެ. އޭނާ ސަސްޕެންޑްކޮފައިވަނީ މިއަދުއެވެ.
"ޕޮލިޓިކަލް މުވައްޒަފުން އަމަލުކުރަންޖެހޭ ގައިޑްލައިނަށް އަމަލު ނުކުރާނަމަ މަގާމުން ވަކި ކުރުމުގެ ބާރު ރައީސަށް ލިބިގެންވޭ. މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް އަދި. މުސާރަ ލިބޭގޮތަށްތޯ ނުވަތަ ނޫންތޯ އެނގޭނީ ރައީސް އޮފިހުން އޭގެ ޖަވާބެއް ލިބުމުން. އަދި ވަކި ޖަވާބެއް ނުލިބޭ،" އަޒްމީން ވިދާޅުވިއެވެ.
ޝިފާޒު ސަސްޕެންޑުކުރި އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުމާ ގުޅިގެން ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މިހާރުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެއީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން މަހުޒޫމް މާޖިދުއެވެ.
މި ތިން ބޭފުޅުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު