މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ، މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަމަށެވެ.

ފުލުހުން ބުނީ، އައިމަން ގެއްލިގެން، އޭނާގެ އާއިލާއިން ފުލުހަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން ފުލުހުން އެދެއެވެ.