ހުޅުމާލޭ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކުވާ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ބަންގްލަދޭޝްގެ އެ މީހާ ފެނުނީ އުޅަނދު ތެރޭގައި ހަބަރު ހުސްވެފައި އޮއްވައެވެ. ނަމަވެސް އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިއްޔެ ބުންޏެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނުވާތީ، އެ މީހާގެ ހަށިގަނޑާމެދު އަމަލު ކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.