ހޫނުގަދަވުމުގެ ސަބަބުން ކޮރަލް ގާ ހުދުވުން ނުވަތަ ކޮރަލް ބްލީޗިންގެ މައްސަލަތައް ދިމާވާތީ ބިން ހިއްކުން ފަދަ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގި އެންގުމަށް އަމަލުކުރަން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.
އެންބީއޭއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގާ ހުދުވުމުގެ މައްސަލަތައް ކުރިމަތިވާތީ އީޕީއޭ އިން އެޅި ފިޔަވަޅުތަކަށް އެ ޖަމިއްޔާއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
"މި ޖަމިއްޔާއިން ވެސް ގޮވާލަނީ އީޕީއޭގެ ނިންމުމާ އެއްގޮތަށް ޖޫން 10އާ ހަމައަށް ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލުމަށް،" އެންބީއޭއެމް އިން ބުންޏެވެ.
ގާ ހުދުވުމުގެ މައްސަލަތައް ކުރިމަތިވާތީ އީޕީއޭއިން ނިންމީ، ބިން ހިއްކުމާއި ފަޅުކޮނުމާއި ގޮނޑުދޮށަށް ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުމާއި ބަންޑުވޯލް ޖެހުން ފަދަ ކަންކަން މަނާކުރުމަށެވެ.
އެންބީއޭއެމް އިން ބުނީ ގާ ހުދުވުމުގެ މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ އެކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަމަށާއި އެހެންކަމުން ކަމާ ގުޅުންހުރި ހުރިހާ ފަރާތްތައް ގުޅިގެން އެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެންބީއޭއެމް އިން އިތުރަށް ބުނީ ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތްކުރުމަށް ކުރާ ކަންކަމުގައި އެ ޖަމިއްޔާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
ކޮރަލް ބްލީޗިންގެ މައްސަލަތައް ދިމާވާތީ ބިން ހިއްކުން ފަދަ މަސައްކަތް ވަގުތީގޮތުން ހުއްޓާލަން އެންގި އެންގުމަށް އަމަލުކުރަން އެންބީއޭއެމް އިން ގޮވާލި އިރު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީން (މަޓީ) އިންވެސް ވަނީ، އެކަމަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު