ޖަރުމަނުގެ ޓެސްލާގެ ފެކްޓްރީ ބޮޑު ކުރާތީ މުޒާހަރާކުރާ ފަރާތްތަކުން ޓެސްލާގެ ފެކްޓްރީއަށް ވަންނަން މަސައްކަތް ކޮށްފިއެވެ.
ޖަރުމަނުގެ ބާލިން ކައިރީގައި ހުންނަ ޓެސްލާގެ ފެކްޓްރީ ބޮޑު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށަން ތައްޔާރުވުމާ އެކު ތިމާވެއްޓާ ބެހޭ އެކްޓިވިސްޓުންނާއި އާންމުން ވަނީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފައެވެ.
އަށްސަތޭކަ އެއްހާ މީހުން އިއްޔެ ވަނީ އެފެކްޓްރީ އަށް ވަދެގަތުމަށް މަސައްކަތް ކޮށްފައިކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
މުޒާހަރާ ކުރާ މީހުން ހުއްޓުވުމަށް ޖަރުމަނު ފުލުހުން މަސައްކަތް ފަށާފައިވާ އިރު، ފުލުހުން ބާރުގެ ބޭނުން ކުރަމުންދާކަމަށް ނޫސްތަކުން ބުނެއެވެ.
ޓެސްލާގެ ސީއީއޯ އެލަން މަސްކު ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މުޒާހަރާ ކުރާ ފަރާތްތަކުން ޓެސްލާގެ ފެކްޓަރީގެ ފެންސު ފޫއެޅުވޭވަރު ނުވާ ކަމަށެވެ. މަސްކު ވަނީ ޓެސްލާގެ ފެކްޓަރީ ބޭރުގައި ދެ ފެންސު ހުންނާނެ ކަން ވެސް ފާހަގަކޮށްފައެވެ.
ޖަރުމަނުގައި ޓެސްލާއިން ހިންގާ ފެކްޓްރީގެ މަސައްކަތް ފުޅާކުރުމަށް އެފެކްޓްރީ ބޮޑުކުރަން ނިންމުމާއެކު އެކަމުގެ ސަބަބުން މިހާރުވެސް ޓެސްލާ ކާރު އުފެއްދުމުގައި ތިމާވެއްޓަށް ގެއްލުން ވާވަރު އިތުރުވާނެ ކަމަށް އެކްޓިވިސްޓުން ބުނެއެވެ. އެގޮތުން އެސަރަހައްދުގެ ގިނަ ގަސްތައް ކަނޑާލުމުގެ އިތުރުން ބާލިންގެ އާންމުން ބޭނުން ކުރާ ފެނަށްވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް އެކްޓިވިސްޓުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ