ތިންހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ގަޑިއިރަށް ދުވެ ދުނިޔޭގެ ރެކޯޑު ފޮތައް އަރައިފިއެވެ.
އިނގިރޭސި ދުވުންތެރިޔެއް މިވަނީ 43 އަހަރު ތެރޭ 1000 މެރަތަން ދުވެ، ޖުމްލަ 3363 ގަޑިއިރާއި ހަތަރު މިނެޓާއި ދެ ސިކުންތު ދުވުމުގައި ހޭދަ ކޮށްފައެވެ.
ސްޓީވް އެޑްވާޑްސް ނަމަކަށް ކިޔާ އެ މީހާގެ އުމުރުން މިހާރު 61 އަހަރު ފުރިފައިވާ އިރު، އޭނާ ވަނީ މިދިޔަ އާދީއްތަ ދުވަހު 1000 ވަނަ މެރަތަން ނިންމައިފައެވެ.
އެއްހާސް ވަނަ މެރެތަން ނިންމުމާ އެކު ސްޓީވް އަށް ވަނީ ގިނިސް ވޯލްޑް ރެކޯޑްސްގެ ސެޓިފިކެޓް އަރުވައިފައެވެ.
ސްޓީވް އޭނާގެ ފުރަތަމަ މެރަތަން ދުވެފައި ވަނީ އޭނާގެ އުމުރުން 18 އަހަރުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ސްޓީވް އަކީ ދުނިޔޭގައި 1000 މެރަތަން ޖެހި މީހުންގެ ތެރެއިން 51 ވަނައަށް ހިމެނުނު މީހާއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ