ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސް ވެއްޖެއެވެ.

އިޒްލުން ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލް އާންމުގައި ހަމާސް އާއި އިޒްރޭލާ ދެމެދު ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް މިސްރާއި ގަތަރު މެދުވެރިވެގެން ވަނީ ހުށަހެޅުމެއް ހުށަހަޅައިފައެވެ.

މިސްރާއި ގަތަރު މެދުވެރިވެ ހިނގަމުންގެންދާ މަޝްވަރާތަކުގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވާ ކަމަށް ބުނެފައެވެ.

ހަމާސް އިން އެއްބަސްވި ނަމަވެސް އިޒްރޭލުން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހަމާސް އިން ހަމަލާ ބަދަލުކުރަން އެއްބަސް ވުމާއެކު ގާޒާގައި އާންމުން އުފާފާޅު ކުރަން ފަށާފައިވާ އިރު، ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ވެސް އުފާ ފާޅުކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާ ފަށާފައިވާ އިރު، އިޒްރޭލުން ފަލަސްތީނުގެ ރަފާ އަށް އަރައިގަތުމަށް މަސައްކަތް ވަނީ ފަށައިފައެވެ. އަދި ރަފާގައި ތިބި އާންމުން އެސިޓީ ދޫކޮށް ދިއުމަށް އިޒްރޭލުން ވަނީ އަންގައިފައެވެ.