ފުލުހުންގެ އިސް އޮފިސަރަކު، ވިލާ ކޮލެޖުގައި ނާސިން ކިޔަވަމުން އަންނަ ދަރިވަރަކު ބްލެކްމެއިލުކޮށް ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް ބުނާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
އެކްސް ގައި ޑރ. މުހައްމަދު އާތިފް ވަނީ ފުލުހުންގެ އިންސްޕެކްޓަރު އިސްމާއީލް ރަމީޒު އިބްރާހީމް، ވިލާ ކޮލެޖުގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށް ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅިގެން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ "ބަހާއިން" އެ މައުލޫމާތު ޔަގީންކޮށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރުމަށްވެސް އޭނާ އެދިވަޑައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު