ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ސްޓެލްކޯއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެކުންފުނީގެ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އިންޖިނިއަރިން ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާ އެކު، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް ސްޓެލްކޯގެ ހެޑް އޮފީހުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެ ހަރަކާތް ބާއްވަނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު 8:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް މާލޭގައި ހުންނަ ސްޓެލްކޯ އިމާރާތުގައެވެ.
އެ ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހަކީ މޭ 10 އެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު