އިޒްރޭލުގައި އަލްޖަޒީރާ ޗެނަލްތައް ދެއްކުން މަނާކޮށް، އެ ޗެނަލަށް ހަބަރުތައް ކަވަރު ކުރުމުގެ ފުރުސަތު ނުދިނުމަށް އެ ގައުމުން ނިންމައިފިއެވެ.
އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ވަނީ އެގައުމުގައި އަލްޖަޒީރާގެ އޮފީސް ބަންދުކޮށް އެޗެނަލްގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެގޮތުން ކެބިނެޓްގެ އިއްތިފާގުން ނިންމާފައިވަނީ އިޒްރޭލާއި ފަލަސްތީނުގައި އިޒްރޭލުން ބަލަހައްޓަމުންދާ ސަރަހައްދުތަކުގައި އަލްޖަޒީރާ ޗެނެލް މަނާ ކުރުމަށެވެ. އެގޮތުން އެ ޗެނަލަށް ހަބަރުތައް ކަވަރު ކުރުމުގެ ފުރުސަތު ނުދިނުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އިޒުރޭލުގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ އެ ޗެނަލު އެގައުމުގެ އެއްވެސް އޮޕަރޭޓަރަކުން ނުދެއްކުމަށް އަންގައި، އެ ޗެނަލުން އެއްވެސް އެއްޗެއް ދެއްކުން މަނާކޮށްފައެވެ.
އިޒްރޭލުގެ އަމަލު ކުށްވެރިކޮށް އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ގޮން ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އިޒްރޭލުން ވަނީ އެގައުމުގެ ސިފައިން ލައްވައި އެ ގައުމުގައި ހުންނަ އަލްޖަޒީރާ އޮފީސް ލޫޓުވައިފައެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުން ގެންދާ ގަތުލްއާންމުގައި މިހާތަނަށް ވަނީ 140 އަށްވުރެން ގިނަ ނޫސްވެރިން މަރާލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ