ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ)ގެ އާ ލޯގޯ އިފުތިތާހުކޮށްފިއެވެ.

އެ މަނިކުފާނު އެފްޑީސީގެ އާ ލޯގޯ އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކްރޮސްރޯޑުގައި ރޭ ބޭއްވި ހަފުލާއެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

އެ ހަފުލާގައި ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑް" އަދި "އައުޓްސްޓޭންޑިން ކޮންޓްރިބިއުޓާ އެވޯޑް" ހާސިލުކުރެއްވި ފަރާތަށް އެވޯޑުތައް ހަވާލުކޮށްދެއްވައިފައެވެ. އަދި "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް" ހާސިލުކުރެއްވި ފަރާތަށްވެސް އެވޯޑު ހަވާލުކޮށްދެއްވިއެވެ.

ރޭގެ ހަފުލާގައި އެފްޑީސީން ވަނީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތާއި އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކައިފައެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ކުރަމުން އަންނަ މަސައްކަތްވެސް ހިއްސާކުރިއެވެ.