މަންޓާ އެއާލައިނުން ސްކޫލް ބަންދާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މަންޓާއިން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދ. ކުޑަހުވަދޫ އެއާޕޯޓުން ބެންގަލޫރަށް ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓުގެ އަގަކީ 200 ޑޮލަރު ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން ޓިކެޓު ނެގޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށް މަންޓާއިން ބުންޏެވެ.

އެ ޕްރޮމޯޝަންގެ ދަށުން ޓިކެޓު ނެގުމަށް ބޭނުންވާ ފަރާތްތަކުން 7557737 އަށް ގުޅައިގެން ނުވަތަ އެ ނަންބަރަށް ވައިބާ ކޮށްގެން ޓިކެޓް ނެގޭނެ ކަމަށް ބުންޏެވެ.

މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރާއި ކުޑަހުވަދޫއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ.