މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކައިފިއެވެ.
އެސްޓީއޯ އިން އިއްޔެ އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 12 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯ އިން ބުނީ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެން އަންނަ އެހެނިހެން ވިޔަފާރި ރަނގަޅުވުން ކަމަށެވެ.
އާމްދަނީ އިތުރުވުމާއެކު އެސްޓީއޯ އަށް ފުރަތަމަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި ވަނީ 617 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 195 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 12 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު