ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން "ޗައިނީޒް ލެންގުއޭޖް ޑޭ" ފާހަގަކޮށްފިއެވެ.
ވީއައިއެޗްއެސް އިން ޗައިނީޒް ލޭންގުއޭޖް ޑޭ ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވީއައިއެޗްއެސް އަދި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ވަނީ ޗައިނާގެ ސަގާފީ ހުށަހެޅުންތައް ހުށަހަޅައިފައެވެ. އަދި ވަނީ ކެލިގްރަފީ ހުށަހެޅުމެއްގެ އިތުރުން ވިލާ ކޮލެޖުގައި ގާއިމުކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިން ސެންޓަރުގެ ލާނިން އައުޓްކަމްސް އަދި ބައެއް ސަގާފީ ތަކެތި ދައްކާލުން ކުރިއަށް ގެންގޮސްފައެވެ.
ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީ ޒިން، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރުގެ އިތުރުން ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ވިލާ ކޮލެޖުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލާ ކޮލެޖުގައި ގާއިމުކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިން ސެންޓަރުން ޗައިނީޒް ބަހުގެ އިތުރުން އެގައުމުގެ ތާރީހާއި ސަގާފަތާއި އާދަކަދަތައް އުނގަންނައިދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު