އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން ބުނެފިއެވެ.
ނެޝަނަލް ރަޖިސްޓްރޭޝަން އިން މިގޮތަށް ބުނީ، އައިޑީ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމުގެ ތެރެއިން އެ ތަނުގެ އިސްބޭފުޅުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.
އެ ބަައްދަލުވުމުގައި ނެޝަނަލް ރެޖިސްޓްރޭޝަނާ ހަވާލުވެ ހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުފް އަބްދުއްގަފޫރު ވިދާޅުވީ، 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށާއި އޭގެ މަތީގެ މީހުންގެ މުއްދަތަކީ 10 އަހަރުގެ ކަމަށެވެ.
ނަމަވެސް މިހާރު އޮންނަ ގޮތުން ދޮށީ އުމުރުގެ ބައެއް މީހުންގެ އައިޑީކާޑު މުއްދަތު ހަމަވެ، އާ ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުން ދާތީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ކާޑުގެ މުއްދަތު ހަމަނުވާ ގޮތް ހަދަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ކަރުދާހެއް ތައްޔާރުކޮށް މިހާރު ކެބިނެޓަށް ފޮނުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު