ސްކޮޓްލެންޑްގެ ލީޑަރު ހަމްޒާ ޔޫސުފް އިސްތިއުފާ ދެއްވައިފިއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ސްކޮޓްލެންޑްގެ ލީޑަރު ކަމަށް އައްޔަންކުރި އެ ގައުމުގެ ފަސްޓް މިނިސްޓަރު ހަމްޒާ ޔޫސުފް އިސްތިއުފާ ދެއްވާފައި މި ވަނީ، ސަރުކާރުގެ ކޯލިޝަން ބައިބައިވެ، ކޯލިޝަން އެގްރީމަންޓް އުވާލުމުން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

ޔޫސުފްގެ އިސްތިއުފާ އާއެކު ވެރިކަންކުރާ ޕާޓީ ސްކޮޓިޝް ނެޝަނަލް ޕާޓީ، އެސްއެންޕީ އިން ވަނީ އާ ކެންޑިޑޭޓެއް އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެ މަސައްކަތް ކުރާނީ ގުޅިފައިވާ ޕާޓީތަކާ މަޝްވަރާ ކޮށްގެން ކަމަށާއި އަންނަ ހަފުތާގައި އެކަން އިއުލާން ކުރާނެ ކަމަށްވެސް އެސްއެންޕީ އިން ވަނީ ބުނެފައެވެ.