ގާނާ މީހަކު އެއްގަޑިއިރުތެރޭ 1123 ގަހުގައި ބައްދައިގެން ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.
ގާނާގެ އުމުރުން 29 އަހަރުގެ އަބޫބަކުރު ތާހިރު އަކީ އެމެރިކާގެ އަލަބާމާގައި ފޮރެސްޓްރީ އިން މާސްޓާސް ހަދަމުން އަންނަ ދަރިވަރެކެވެ. އޭނާ ވަނީ ޓުސްކީގީ ނެޝަނަލް ފޮރެސްޓުގައި 1123 ގަހުގައި އެއްގަޑިއިރު ތެރޭ ބައްދާފައެވެ.
ކޮންމެ ގަހެއްގައި ބައްދައި ރެކޯޑު ގާއިމް ކުރިއިރު ތާހިރު ވަނީ އެއްވެސް ގަހެއްގައި ދެފަހަރަށް ބައްދާފައި ނުވާނެ ކަމަށް ބުނެފައެވެ.
ތާހިރުގެ ރެކޯޑު ގާއިމް ކުރުމަށް އޭނާ ޖެހޭނީ މަދުވެގެން 700 ގަހުގައި ބައްދަން ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އޭނާ ވަނީ ކޮންމެ މިނެޓަކު 19 ގަހުގައި ބައްދައި ޖުމުލަ 1123 ގަހުގައި އެއް ގަޑިއިރުތެރޭ ބައްދައި ރެކޯޑު ގާއިމު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ