މިނިސްޓަރުންނާ ސުވާލު ކުރުމުގެ ސިލްސިލާ ޕްރޮގުރާމުގެ ދެވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދެވަނަ ފޯރަމް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ. "އަހާ!" ގެނަމުގައި ގެންނަ އެ ފޯރަމު ކުރިއަށް ގެންދަނީ ކޮންމެ ދެމަހުން އެއްމަހުއެވެ.
ރައީސް އޮފީހުގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ހޯމަ ދުވަހުގެ ރޭ ބާއްވާ ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާނެ މިނިސްޓަރުން އާންމުކޮށްފައެވެ. އެ ފޯރަމުގައި ބައިވެރިވާނީ:
މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީން
މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ: އަލީ އިހުސާން
މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް: އަހުމަދު ޝިޔާމް
މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް: ޑރ. މަރިޔަމް މާރިޔާ
މިނިސްޓާ އޮފް ޔޫތް އެމްވަޔަރުމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އިބްރާހިމް ވަހީދު
އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކުރިއާލައި ސުވާލު އެސްއެމްއެސް ކުރަންޖެހެއެވެ. އެގޮތުން އެސްއެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު