މި އަހަރުގެ އޯލެވަލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7501 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި އެސްއެސްސީ އިމްތިހާނުގައި 7133 ދަރިވަރުން ބައިވެރިވާ ކަމަށެވެ.
އެއީ މިދިޔަ އަހަރަށް ވުރެ 803 ދަރިވަރުންގެ އިތުރު ވުމެކެވެ.
އެ އިމްތިހާނުތައް ކުރިޔަށް ދާނީ މިއަދުން ފެށިގެން ޖޫން މަހުގެ 13 އަށެވެ. މިއަދު އެސްސީސީ އިމްތިހާނު ފެށި އިރު، ފުރަތަމަ ހަފުތާގައި ދަރިވަރުން ހަދާނީ ދިވެހި، އިސްލާމް އަދި އަރަބި މާއްދާގެ އިމްތިހާނުތަކެވެ.
ފުރަތަމަ މާއްދާއެއްގެ ގޮތުން އިމްތިހާންގައި މިއަދު އޮތީ އިސްލާމްއެވެ. ރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށް ދެއެވެ.
އެކި ސްޓްރީމްތަކުގެ މާއްދާތައް ހިމެނޭގޮތަށް ޖުމްލަ 60 އިމްތިހާނު ކަރުދާސް ދަރިވަރުން ހަދާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް ބަދަލު ގެނެސް، އޯލެވެލް ހަދާ ދަރިވަރުންގެ މަޖުބޫރު ހަތަރު މާއްދާ ކަނޑައަޅައިފައެވެ. އެއީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުއެވެ. އެ މާއްދާތަކަށް ފައިސާ ދައްކަނީވެސް ސަރުކާރުންނެވެ.
ކުރިން އޮންނަ ގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިހާނުގައި ފާސްނުވާ ނަމަ، ފައިސާ ދައްކަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ. އަދި މަޖުބޫރު ހަތަރު މާއްދާގެ އިތުރުން، ބީޓެކް ދަރިވަރުން އިތުރު އެއް މާއްދާ ކިޔަވަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު