ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކެމްޕެއިން ކުރިއަށް ގެންދިޔައީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހުއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ކެމްޕެއިންގެ އަމާޒަކީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދާ މީހުންނަށާއި މުޖުތަމައުއަށް ލޭ ހޯދުމަށް ހުންނަ ދަތިތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ނަގާ ލޭ، ރާއްޖޭގެ އެހެނިހެން ސިއްހީ ހިދުމަތް ދޭ ތަންތަނަށް ހަދިޔާ ކުރާނެ ކަމަށް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ކެމްޕެއިންގައި ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުންވެސް ހިމެނޭ ގޮތަށް މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ އިޖުތިމާއީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، ދިވެހި މުޖުތަމައުއަށް ފައިދާކުރާނެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަބަދުވެސް އަހަމިއްޔަތުކަމެއް ދޭ ހޮސްޕިޓަލެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު