ޑެންމާކްގެ އެއާޕޯޓެއް ގޮއްވާލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ޑެންމާކްގެ ދެވަނަ އަށް އެންމެ ބޮޑު އެއާޕޯޓު ބައިލަންޑް އެއާޕޯޓުގައި ބޮމެއް ގޮއްވާލަށް އުޅުނު ކަމުގެ މައުލޫމާތު ލިބުމާއެކު އެގައުމުގެ ފުލުހުން ވަނީ އެ އެއާޕޯޓު ހުސްކޮށްފައެވެ.

ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި އެ މީހާ ވަނީ އެއާޕޯޓު ތެރެއަށް އެއްޗެއް އެއްލާލައިފައި ކަމަށާއި އެއީ ގޮވާ ޒާތުގެ އެއްޗެއް ކަމަށް ފުލުހުން ކައިރީގައި އެމީހާ ބުނި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އެމީހާ ހައްޔަރުކޮށްފައިވާ އިރު، އޭނާ އެއްލައިލި އެތީގެ ތަހުލީލެއް ކުރުމަށް ކެމިކަލް ޓެސްޓުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޑެންމާކްގެ ފުލުހުން ވަނީ ބަލަން ޖެހޭ ސަލާމަތީ ހުރިހާ ކަމެއް ބެލުމަށްފަހު އެއްވެސް ނުރައްކަލެއް ނެތް ކަން ކަށަވަރު ވުމުން އެއެއާޕޯޓު އަލުން ހުޅުވާލައިފައެވެ.