ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް ހިލްމީ އައްޔަން ކުރެއްވީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، 39 އަހަރުގެ ހިދުމަތަށްފަހު އުމުރުން 60 އަހަރު ފުރުމާއެކު ސިފައިންގެ ހިދުމަތުން އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
މޭޖާ ޖެނެރަލް ހިލްމީ މިހާތަނަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.
އެ ދެ ބޭފުޅުން މަގާމަށް އައްޔަމުކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު