އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރިއަށްގެންދާ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
އައިއޭސީ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އެޗްޑީސީން ދޭ އެއްބާރުލުން ފާހަގަކުރާ ކަމަށާއި އެ ކުންފުނިން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފުސީލު އާންމުކުރާނެ ކަމަށްވެސް ބުންޏެވެ.
ގާޒާގެ ރައްޔިތުންނަށް އެހީވުމަށް އެޗްޑީސީން އެއް މިލިއަން ރުފިޔާ ފޯރުކޮށްދިން އިރު، އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ކެނޑިނޭޅި ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ގިނަ އަދަދެއްގެ އާންމުންވެސް ދަނީ އައިއޭސީ މެދުވެރިކޮށް ފައިސާގެ އެހީވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު