އއ. ބޮޑުފޮޅުދޫގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ވެލިދޫދިއްގާ ހިމަނައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ ވެލިދޫދިއްގާ އަކީ އެ އަތޮޅުގެ ބޮޑުފޮޅުދޫގެ ބައެއް ގޮތުގައި ކަނޑައެޅުމަށް އެ މަނިކުފާނު ގަސްދުކުރައްވާ ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 އޮކްޓޫބަރު 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އަށް އިސްލާހު ގެނެސް، ވެލިދޫދިއްގާ އަކީ އެ އަތޮޅުގެ ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފަރުމުލި އާއި ކަނޑިންމާހުރާ، ނ. މާފަރުގެ ބައެއްގެ ގޮތުގައި ވެސް މިއަދު ހަމަޖައްސަވައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު