ފަރުމުލި އާއި ކަނޑިންމާހުރާ، ނ. މާފަރުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ މިލަންދުންމަޑުލު ދެކުނުބުރީ ފަރުމުލި އާއި މިލަންދުންމަޑުލު ދެކުނުބުރީ ކަނޑިންމާހުރާ އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ގޮތުގައި ކަނޑައެޅުމަށް އެ މަނިކުފާނު ގަސްދުކުރައްވާ ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 އޮކްޓޫބަރު 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" އަށް އިސްލާހު ގެނެސް، ފަރުމުލި އާއި ކަނޑިންމާހުރާއަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވަނީ މާފަރުގެ އިހުތިސޯސްގެ ތެރެއަށް ފަރުމުލި އާއި ކަނޑިންމާހުރާ ހިމަނައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު