އިޒްރޭލުން ހައްޔަރު ކުރި ފަލަސްތީނުގެ 150 މީހަކު ދޫކޮށްލައިފިއެވެ.

އިޒްރޭލުން އިއްޔެ ދޫކޮށްލާފައިވަނީ އެގައުމުގެ މިލިޓަރީ އިން ގާޒާގައި ހިންގަމުންގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ގާޒާ ހިމެނޭ ބޯޑަރު ސަރަހައްދުން ގަވާއިދާ ހިލާފަށް ހުރަސް ކުރި މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

އިޒްރޭލުން ނެރުނު ބަޔާނެއްގައި ވާގޮތުން އެމީހުން ދޫކޮށްލާފައި ވަނީ ކެރެމް ޝަލޯމް ބޯޑަރު ސަރަހައްދުން ކަމަށެވެ.

ފަލަސްތީނުގެ ރެޑް ކްރަސަންޓުން ނެރުނު ބަޔާނެއްގައި ވާގޮތުން އިސްރާއީލުން ދޫކޮށްލި މީހުންގެ ތެރޭގައި ރެޑް ކްރަސަންޓުގެ އެމްބިއުލާންސް ކުރޫއިންގެ ދެ މީހަކު ހިމެނޭ ކަމަށެވެ.

ރެޑް ކްރަސަންޓުން ވަނީ އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހާން ޔޫނިސްގެ މިލިޓަރީ ޗެކްޕޮއިންޓަކުންނެވެ. އެވަގުތު އެ ދެ މީހުން ދިޔައީ އެމްބިއުލާންސްގައި އަލް އަމާލް ހޮސްޕިޓަލުން ބަލި މީހުން އުފުލަމުން ކަމަށްވެސް ރެޑް ކްރަސަންޓުން ފާހަގަކޮށްފައިވެއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިނގަމުންގެންދާ ލާއިންސާނީ އަމަލު ތަކުގައި ފަލަސްތީނުން 30 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.