ށ. ފީވަކުގައި ނުރައްކާތެރި ފަނިފަކްސާއެއް ކަމުގައިވާ "ފުރުޓް ފްލައި" ގިނަވާން ފަށައިފިއެވެ.
ފްރުޓް ފްލައިއަކީ ތަރުކާރީ އާއި މޭވާގެ ގިނަ ވައްތަރުތަކުގައި އަށަގަންނަ ފަނިފަކްސާއެކެވެ.
އެގްރިކަލްޗާ މިނިސްޓްރީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، ފީވަކުގައި ފްރުޓް ފުލައި ގިނަވަމުންދާ ޝަކުވާ ލިބެމުންދާތީ "ފެރޮމޯން ދަންތުރަ" ބޭނުން ކޮށްގެން ފްރުޓް ފުލައިގެ އާބާދީ މަދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުރުޓް ފުލައި މަދުކުރުމުގެ މަސައްކަތުގައި އެގްރިކަލްޗާ މިނިސްޓްރީގެ ޓީމަކުން ދަނީ ފީވަކުގެ ކައުންސިލާއި ދަނޑުވެރިންނާއެކު ހަރަކާތްތެރިވަމުން ކަމަށެވެ.
ނުރައްކާތެރި ފުރުޓް ފްލައި އެންމެ ފުރަތަމަ ރާއްޖޭން ފެނިފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ވެސް ފެނިފައިވަނީ ފީވަކުންނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ވެސް ހަމަ ފީވަކުން ފްރުޓް ފުލައި ފެނިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު