ގިނަ އިންވެސްޓްމަންޓް ތަކާއެކު އެލަން މަސްކު މިމަހު އިންޑިއާއަށް ދިއުމަށް ނިންމައިފިއެެވެ.
ޓެސްލާ ކުންފުނީގެ ފައުންޑަރު އަދި ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ ކުރީގައި ނަން ހިމެނޭ އެލަން މަސްކު ވަނީ އޭނާގެ އެކްސްގައި ކުރި ޕޯސްޓެއްގައި އިންޑިއާއަށް ކުރާ ދަތުރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރާނެ ކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެލަން މަސްކުގެ ދަތުރުގައި އޭނާ އިންޑިއާއަށް 2 ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރުމަށް ވަނީ ރާވައިފައެވެ. އެގޮތުން ޓެސްލާ އުފައްދާ ފެކްޓްރީ އެއް އިންޑިއާގައި ގާއިމްކުރުމަށް އެންމެ ރަނގަޅު ސަރަހައްދެއް ބެލުމަށްވެސް ދަތުރުގައި ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ މިމަހުގެ 12 ވަނަ ދުވަހު އެލަން މަސްކު އިންޑިއާއަށް ދަތުރުކުރަން ރާވާފައިވާ ކަމަށް ބުނެފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގައި މޯދީ އާއި މަސްކު ވަނީ ބައްދަލުވުމެއް ބާއްވައި އިންޑިއާގައި އިންވެސްޓު ކުރެވިދާނެ ކަންކަމާއި އެގައުމުގެ އިންޕޯޓު އަދި އެކްސްޕޯޓު ގަވާއިދަށް ބަދަލު ގެނައުމާ ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ