ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހުޅުވުމާއި މާލެ ސަރަހައްދު އީދަށް ދިއްލާލުން ރަސްމީކޮށް ފާހަގަކުރުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފިއެވެ.
ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރާމާތަށްފަހު ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މިރޭ 9:30 ގައި ހުޅުވުމަށް ހަަމަޖެހިފައިވާ ކަމަށެވެ. މާލެ ރަސްމީކޮށް ދިއްލާލުންވެސް އޮންނާނީ އެ ވަގުތުއެވެ.
އެނގިފައިވާ ގޮތުގައި ފިތުރު އީދަށް މާލެ ދިއްލާލަދެއްވައި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހުޅުއްވައިދެއްވާނީ ޖުމްހޫރީ މައިދާނުގައި މިރޭ ބާއްވާ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އެމްޓީސީސީން ހެދި ތަނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު