ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް ޒަރީރު އިންތިހާބު ކުރީ އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) އަށްފަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ކަމަށެވެ.
ޒަރީރު ވަނީ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވައިފައެވެ. އަދި ފައިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އިރު، އޭނާއަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.
ޒަރީރު ވަނީ މާސްޓާސް އޮފް ސައިންސް، ފައިނޭންސް ހާސިލްކުރައްވައިފައެވެ. އަދި އެކައުންޓިން އިން ޑިގްރީއެއް ވެސް ހާސިލް ކުރައްވައިފައެވެ.
މިރޭ ބޭއްވި އީޖީއެމްގައި ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ މީހަކު އައްޔަންކޮށްފައެވެ. އެއީ ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދެވެ.
- ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
- އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
- ހަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
- ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
- އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
- އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
- އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
- އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
- އަޙްމަދު މުހައްމަދު، ގ. އުފާ
- އަބްދުلله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
ޚަބަރު
ޚަބަރު