ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތް ކުރި ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނިން ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަން ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއަކީ 140 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއު ޗައިނާގެ އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ޗަންގް ހުވާ ކޮންސްޓްރަކްޝަން ސިވިލް ކޯޓުގައި ދިވެހި ދައުލަތާ ދެކޮޅަށް ކުރި ދައުވާގައި ވަނީ 140 މިލިއަން ޑޮލަރަކީ ހަމައެކަނި އެ މަޝްރޫއުގެ އަގު ކަމަށާއި އެއީ ޓެކްސް ހިމަނައިގެން ކަނޑައަޅައިފައިވާ އަގެއް ނޫން ކަމަށެވެ. އެހެންވެ އެ މަޝްރޫއުން ޓެކްސްގެ ގޮތުގައި ފައިސާ ދައްކަން ޖެހޭނީ ދިވެހި ދައުލަތުން ކަމަށެވެ.
ސިވިލް ކޯޓުން މިދިޔަ ހަފުތާގައި އެ މައްސަލައިގައި ކުރި ހުކުމުގެ ރައުޔުގައި ވަނީ 2018 ވަނަ އަހަރު އެ މަޝްރޫއުގެ އެއްބަސްވުމަށް ގެނައި އިސްލާހުގައިވާ ގޮތުން 25 ބުރީގެ އިމާރާތުގެ މަޝްރޫއުގެ އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ ޖީއެސްޓީ އާއި އެހެން ވެސް ޓެކްސް ނުހިމަނާ ކަމަށެވެ.
އެހެންވެ ސިވިލް ކޯޓުން ހުކުމްކުރީ ޓެކްސްގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން ވާނީ ދިވެހި ދައުލަތުން ކަމަށެވެ. ހުކުމުގައި އިތުރަށް ބުނީ ޗައިނާގެ ކުންފުނިން، މީރާއަށް ދެއްކި
227،000 ރުފިޔާ، ދިވެހި ދައުލަތުން އަނބުރާ އެ ކުންފުންޏަށް ހަވާލުކުރަން އަންގާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު