ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ދޭން ފަށައިފިއެވެ. އެއާއެކު އެ ކުންފުނި ވެގެން ގޮސްފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ވަންގަވް މެދުވެރިކޮށް އާންމުންނަށް ހިދުމަތް ދޭން ފެށި ފުރަތަމަ ކުންފުންޏަށެވެ.
ވަންގަވްއަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުން ހިދުމަތް ހޯދާ މީހުނަށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ގާއިމުކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުން ހިދުމަތް ދެނީ އީފާސް އެކައުންޓް މެދުވެރިކޮށެވެ.
އިއްޔެ ހެނދުނު ޓްރޭޑްނެޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ބީސީސީގެ ބައެއް ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ފޯރުކޮށްދިނުން އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދެވެ.
ބީސީސީން ދޭ ހިދުމަތްތަކުގެ ތެރެއިން މި ވަގުތު ވަންގަވް މެދުވެރިކޮށް ހޯދޭނީ ގޭގައި ކާބޯތަކެތި އުފައްދައި ބަންދުކުރާ ވިޔަފާރިތަކަށް ދަފްތަރު ވެވޭނެ އިންތިޒާމު އެކަންޏެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިޔާއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ފޯރުކޮށްދޭ މައިގަނޑު ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ. އެއާއެކު ކުދި ވިޔަފާރިތަކަށް ބީސީސީން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު