މިއަހަރުގެ ރޯދަމަހަށް ހަނދު ބެލުމަށް ތައްޔާރުވަމުން އަންނަ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރޯދަމަހުގެ ފުރަތަމަ ދުވަސް ތަފާތުވެއެވެ. ބައެއް ގައުމުތަކަށް ރޯދަ މަހުގެ ފުރަތަަމަ ދުވަހަށް ވާނީ މިމަހުގެ 11 ވާ ހޯމަ ދުވަހެވެ. ބައެއް ގައުމުތަކަށް 11 ވާ އަންގާރަ ދުވަހެވެ.
ގަޑީގެ ތަފާތު އެކި ގައުމުތަކަށް ހުންނަ ގޮތާއި ދުނިޔޭގައި އިރުގެ ދައުރުވުން ހުންނަ ގޮތަށް ބަލާނަމަ އިރު އެރުމާއި އިރު އޮއްސުމުގައި އެކި ގައުމުތަކަށް އިރުގެ ވަގުތު ތަފާތުވެއެވެ. މިތަފާތުތަކަށް ބަލާނަމަ 12 ގަޑިއިރާއި 17 ގަޑިއިރާއި ދެމެދުގެ ދުވާލުގެ ދިގުމިން އެކި ގައުމުތަކުގައި ހުރެއެވެ.
މިފަހަރު އެންމެ ގިނަ އިރު ރޯދަ ހިފަން ޖެހެނީ ގްރީންލޭންޑާއި އައިސްލޭންޑް މީހުންނަށް ކަމަށް ހިސާބުތަކުން ދައްކައެވެ. އެގޮތުން ގްރީން ލޭންޑުގެ ނޫކް ސިޓީ މީހުން 16 ގަޑިއިރު ރޯދައަށް ތިބެން ޖެހޭނެއެވެ. އައިސްލޭންޑްގެ ރޭކްޖަވިކް ސިޓީ މީހުން ވެސް 16 ގަޑިއިރު ރޯދައަށް ތިބެން ޖެހޭނެއެވެ.
އައިސްލޭންޑާއި ގްރީން ލޭންޑް މީހުންނަށް ރޯދަ ހިފަން ފަށާ ގަޑިއާއި ރޯދަ ވީއްލާ ގަޑިއަކީވެސް ފާހަގަކޮށްލަން ޖެހޭ ގަޑިތަކެވެ. އެގޮތުން ގްރީންލޭންޑް މީހުން ރޯދަމަހުގެ ފަހު ދުވަހު ހާރުކާން ޖެހޭ އެންމެ ފަހު ވަގުތަކީ ފަތިހު 03:10 އެވެ. އަދި ރޯދަ ވީއްލާ ގަޑިއަކީ ރޭގަނޑު 09:02 އެވެ. އެއީ ޖުމްލަ 17 ގަޑިއިރާއި 52 މިނެޓެވެ.
ގްރީންލޭންޑް މީހުން ރޯދަމަހުގެ ފަހު ދުވަހު ހާރުކާންޖެހޭ އެންމެ ފަހު ވަގުތަކީ ފަތިހު 03:20 އެވެ. އަދި ރޯދަ ވީއްލާ ގަޑިއަކީ ރޭގަނޑު 08:45 އެވެ. ޖުމްލަ 17 ގަޑިއިރާއި 25 މިނެޓުގެ ދިގު ރޯދައެކެވެ.
އެންމެ ކުރު ވަގުތަކަށް މިއަހަރު ރޯދަ ހިފާނީ ނިއުޒިލެންޑުގެ ކްރިސްޗާޗްގެ މީހުންނެވެ. އެގައުމުގައި ދުވާލު ވަގުތަކީ 12 ގަޑިއިރާއި 42 މިނެޓެވެ.
ދިވެހި ރާއްޖޭގައި ރޯދަ ހިފާނީ އެވްރެޖްކޮށް 13 ގަޑިއިރުގެ ދިގުމިނަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ