ކެނެޑާގައި ލަންކާގެ އެއް އާއިލާއެއްގެ ފަސް މީހަކު މަރާލައިފިއެވެ.

ކެނެޑާގެ އޮޓާވާގައި ބުރާސްފަތި ދުވަހު ސްރީލަންކާގެ އެއް އާއިލާގެ ފަސް މީހަކު މަރުވެފައިވާކަމަށް އެ ސިޓީގެ ފުލުހުން ހާމަކޮށްފައިވާއިރު މަރުވެފައި ވަނީ އެ އާއިލާގެ މަންމަގެ އިތުރުން ފަސް ކުދީން ކަމަށް ފުލުހުން ބުނެއެވެ. މަރުވި އަންހެން މީހާގެ ފިރިމީހާއަށް އަނިޔާވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅުންހުރި 19 އަހަރުގެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެމީހާއަކީ ކެނެޑާގައި ދިރިއުޅޭ ލަންކާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

ވަޅިން ހަމަލަދީ މަރާލާފައިވަނީ ކެނެޑާއަށް ދާދި ފަހުން ދިރިއުޅުން ބަދަލުކުރި ލަންކާގެ ދެމަފިރިންގެ އިތުރުން އެ އާއިލާގެ ހަތަރު ކުދީންނެވެ. އޭގެ ތެރޭގައި އުމުރުން 7 އަހަރުގެ ކުއްޖެއްގެ އިތުރުން 4 އަހަރާއި 2 އަހަރު 2 މަހުގެ ކުއްޖަކު ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި ހާދިސާ ހިނގިގޮތް ހޯދުމަށް ބޮޑު ތަހުގީގެއް ފަށާފައެވެ.