ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން އެތެރެކޮށް ވިއްކާ ފިޔާގެ އަގު އިތުރަށް ހެޔޮކޮށްފިއެވެ.
އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރުމުގެ ސަބަބުން، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލި ފިޔާ ބަސްތާއެއް 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކިއެވެ. އެހެންވެ ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކޮށް، ކޮންޓްރޯލް އަގެއްގައި ވިއްކަން ފެށިއެވެ.
- ފިޔާ ކިލޯއެއް: 20 ރުފިޔާ
- ފިޔާ ބަސްތާއެއް: 450 ރުފިޔާ
- 5 ބަސްތާ: ބަސްތާއެއް 400 ރުފިޔާ
ކިލޯއެއް: 17 ރުފިޔާ
ބަސްތާއެއް: 320 ރުފިޔާ
10 ބަސްތާ: ބަސްތާއެއް 310 ރުފިޔާއަށް
20 ބަސްތާ: ބަސްތާއެއް 300 ރުފިޔާއަށް
ރޯދަމަހާއި ދިމާކޮށް ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު މައްޗަށް ދިއުމަކީ އާންމު ކަމެކެވެ. އެކަން ކޮންޓްރޯލު ކުރުމަށް ޓަކައި އެސްޓީއޯއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެ ގޮތުން ރޯދަ މަހު އެންމެ އާންމުކޮށް ބޭނުންވާ، ފިޔާ، އަލުވި، ބިސް ފަދަ ބާވަތްތައް ގިނަ އަދަދަކަށް ގެނެސް، އަގު މައްޗަށް ދޮޔަ ނުދީ ހިފެހެއްޓުމަކީ އެސްޓީއޯއިން ކުރަމުން އަންނަ ކަމަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު