200 އަހަރު ކުރިން ނެތިފައިވާ ބޮޑު މަހުގެ ބާވަތެއް އަލުން ފެނިއްޖެއެވެ.
އިނގިރޭސިވިލާތުގެ ކަނޑުގެ ދިރުންތަކާ ބެހޭ ޖަމިއްޔާއަކުން ވަނީ އުތުރު އެމެރިކާގެ ސަރަހައްދުން ފެނުނު އެ ބޮޑު މަސް ފެނިފައި ވަނީ އެ ޖަމިއްޔާގެ ސައިންޓިސްޓުންގެ ޓީމުން ފުލައިޓެއްގައި ދަތުރު ކުރަމުންދަނިކޮށް ކަމަށް ބުނެފައެވެ.
އަޅިކުލައިގެ އެ ބޮޑު މަސް ފެނުމާއެކު އެމަސް އަޑިޔަށް ފީނުމަށް ފަހު އަލުން ތިލަވެ ގިނަ އިރުތަކެއް ވަންދެން މަތީގައި އޮތްކަމަށް ސައިންސްވެރިން ބުނެއެވެ.
ސައިންސުވެރިން ވަނީ އެމީހުން ދުއްވި ފްލައިޓު 45 މިނެޓު ވަންދެން އެސަރަހައްދުގައި ދަތުރުކުރަމުން ދިޔަކަމަށް ބުނެފައެވެ. އަދި ފޮޓޯއާއި ވީޑިއޯ ނެގުމުގެ ފުރުސަތު ލިބުނު ކަމަށް ބުނެފައިވެއެވެ.
ސައިންސްވެރިން ވަނީ ދަތުރު ނިންމާލުމަށްފަހު އެ ފޮޓޯތައް ދިރާސާކޮށްފައެވެ. އެ ފޮޓޯތަކުން އެއީ މީގެ 200 އަހަރު ކުރިން މުޅިން ނެތިފައިވާ ބޮޑު މަހެއް ކަމަށް ފާހަގަވެފައިވާކަމަށް އެޓީމުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ