ދުނިޔޭގެ އެއްބައްރުން އަނެއް ބައްރަށް އިންޓަނެޓް ފޯރުކޮށްދިނުމަށް އަޅާފައިވާ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކުގެ ތެރެއިން ރަތް ކަނޑުގައި އަޅާފައިވާ ބައެއް ކޭބަލްތަކަށް ގެއްލުންވެ އިންޓަނެޓަށް ބުރޫ އަރައިފިއެވެ.
ދުނިޔޭގެ އިންޓަނެޓް ނެޓްވޯކް ބަލަހައްޓާ އެންމެބޮޑު އެއް ކުންފުނި ހޮންކޮންގެ އެޗްޖީސީ ގްލޯބަލް ކޮމިއުނިކޭޝަން އިން ވަނީ ކޭބަލްތަކަށް ލިބުނު ގެއްލުންތަކުގައި މައި ހަތަރު ކޭބަލެއް ބުރިވެފައިވާ ކަމަށާއި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް އިންޓަނެޓް ކެނޑިފައިވާ ކަމަށް ބުނެފައެވެ.
އެކުންފުނިން ވަނީ އޭޝިޔާ އާއި ޔޫރަޕްގެ އިތުރުން މެދުއިރުމަތީ ބައެއް ގައުމުތަކުގެ 25 އިންސައްތަ ނެޓްވޯކަށް މިކަމުން ބުރޫ އަރާފައިވާ ކަމަށް ބުނެފައެވެ.
ޔަމަނަށް ނިސްބަތްވާ ހޫތީން ވަނީ މީގެ ކުރިން ރަތްކަނޑުގައި އަޅާފައި ހުރި ކޭބަލްތަކަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދީފައިކަމަށް ޔަމަނުގެ ސަރުކާރުގެ އޮފިޝަލުން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ