ރޯދަ މަހު އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކެފޭ ރެސްޓޯރެންޓުތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ރޯދަމަހު ކެފޭ އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓަންވާނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށެވެ. އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކެފޭ އަދި ރެސްޓޯރެންޓު ހުޅުވާފައި ބަހައްޓަންވާނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އަށް ކަމަށެވެ.

ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 11 އެވެ.