ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ބެކްލޮގް އެއްކޮށް ކުލިއާ ކުރެވިއްޖެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު މީޑިއާތަކަށް ބުނީ، ބެކްލޮގް ކުލިއާ ވެފައިވުމުން މިހާރު އައިޑީ ކާޑަށް ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އައިޑީ ކާޑު ލިބިގެންދާނެ ކަމަށެވެ.
"29 ފެބްރުއަރީ 2024 ގެ ނިޔަލަށް ޑީއެންއާރުގެ ޕެންޑިން އައިޑީ ކާޑް ލޮގް ސުމަކަށް ހެދިއްޖެ. އަދި އައިޑީ ހެދުމަށް ހުށަހަޅާ ފޯމުގެ މައްސަލައެއް ނެތްނަމަ 24 ގަޑިއިރުގެ ތެރޭގައި އައިޑީ ކާޑު ލިބިގެންދާނެ،" ހޯމް މިނިސްޓްރީން ބުންޏެވެ.
ޑީއެންއާރުގެ ޕޯޓަލަށް ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރެވިގެންދާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ތިން ދުވަހު ވެސް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ ކަމަށެވެ. ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގެ ތެރެއިން އޭޕްރީލް މަހުގެ 1، 3 އަދި 8 ވަނަ ދުވަހު އައިޑީ ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން މެންދުރު 11:30 އަށް ކަމަށެވެ.
އައިޑީ ކާޑު ދޫކުރާނީ "ކިއު ބީ" އިން ނަމްބަރު ނެގުމުން ކަމަށާއި އަދި އެ ތިން ދުވަހުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 150 ނަމްބަރު ކަމަށް ޑީއެންއާރުން ބުނެފައިވެއެވެ.
އައިޑީ ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާ ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓިއާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށާއި އެ ގަޑިތަކުގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަމްބަރު 7280368 އަށް ގުޅާލުމުން އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ޑީއެންއާރުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު