މަންޓާ އެއާ އިން ދ. ކުޑަހުވަދޫން އިންޑިއާގެ ބެންގަލޫރަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.
މަންޓާ އިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ކުޑަހުވަދޫން ބެންގަލޫރަށް ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓުގެ އަގަކީ 350 ޑޮލަރު ކަމަށާއި އެއީ އަލަށް ދަތުރުތައް ފެށުމުގެ ސަބަބުން ކުރިއަށްގެންދާ ހާއްސަ ފެއާގެ އަގު ކަމަށެވެ.
އެ ހާއްސަ ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މަންޓާ އިން ބުންޏެވެ.
މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރާއި ކުޑަހުވަދޫއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.
މިއީ ދާލު އެއާޕޯޓުން ރާއްޖޭން ބޭރަށް ސީދާ ދަތުރުތައް ކުރާ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު