ހއ. ބާރަށުން (ޢަލީ ޔާމީން، ވަން އޮންލައިން)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ހަވީރު ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ދަތުރުގެ ހަތްވަނަ މަންޒިލެއްގެ ގޮތުން ރައީސް މި ރަށަށް މިއަދު ވަޑައިގަތުމުން އެ މަނިކުފާނަށް ވަނީ ރަށުގެ ކުދި ބޮޑު އެންމެން ނުކުމެ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މި ރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީއެންސީގެ ޓިކެޓުގައި ބާރަށު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ސުޖާއުވެސް ފާލަން ސަރަހައްދަށް ނުކުމެވަޑައިގެން ހުންނެވިއެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް އެއްވި މީހުންގެ ސަފު ޖެޓީން ފެށިގެން ރަށުގެ ކައުންސިލް އިދާރާއާ ހަމައަށް ދަމާލާފައި އޮތެވެ.

މި ރަށަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ހދ. ނޮޅިވަރަންފަރަށެވެ.