ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް މޯބައިލް އެޕްގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން ބޮޑެތި އިނާމުތަކެއް ލިބޭ އާ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި އަށް ހަފުތާއަށް ބަހާލައިގެން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ލިބޭނެ ކަމަށް ބުންޏެވެ.
އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ލިބޭ އިނާމުތަކުގެ ތެރޭގައި:
- ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ
- ހިޓާޗީ އައިސްއަލަމާރި
- ޕްލޭސްޓޭޝަން 5
- މައިކްރޯވޭވް އަވަން އަދި އެއާ ފްރައިއާ
އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/scan-and-win-big
ޚަބަރު
ޚަބަރު