ހއ. އިހަވަންދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ހަވީރު ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ދަތުރުގެ ތިންވަނަ މަންޒިލެއްގެ ގޮތުން ރައީސް މި ރަށަށް ވަޑައިގަތުމުން އެ މަނިކުފާނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ. އަދި ރައީސަށް މަރުހަބާ ކިޔުމަށް އެކި އުމުރުފުރާތަކުގެ މީހުން ބަނދަރު ސަރަހައްދަށް ޖަމާވެ ތިއްބެވެ. ރައީސަށް މަރުހަބާ ކިޔުމަށް އެއްވި މީހުންގެ ސަފު ބަނދަރު ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށް އޮތެވެ.

ރައީސް ވަނީ މި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ. އަދި މި ރަށު ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.

ރައީސް ދެން ވަޑައިގަންނަވާނީ މި އަތޮޅު ދިއްދޫއަށެވެ.