މައިލޯ ކަނެކްޓް ފޯރަމް ބާއްވައިފިއެވެ.
ހޮޓަލް ޖެންގައި މިއަދު ހަވީރު ބޭއްވި މި ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ކުޅިވަރުގެ ސިނާއަތް ކުރިއެރުވުމުގެ އިތުރުން މައިލޯގެ ކުރިއެރުމަށް އެހީތެރިވެދޭނެ އާ ގޮތްތައް ހޯދުމަށެވެ. މި ފޯރަމަކީ ރާއްޖޭގެ ޒުވާނުން ތަރުބިއްޔަތުކުރުމަށާއި ކުޅިވަރު ކުރިއެރުވުމަށް މައިލޯއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔަ ފޯރަމެކެވެ.
މި ފޯރަމްގައި އިސްކޮށް ހުންނެވީ ނެސްލޭ ލަންކާގެ ހެޑް އޮފް އެކްސްޕޯޓްސް މިސްޓަރު ދިޝާން ވިޖަޔަވަރުދަނެވެ. ފޯރަމްގެ ރިޔާސަތު ބެލެހެއްޓެވީ ނެސްލޭ ލަންކާގެ މެނޭޖިން ޑިރެކްޓަރު ސްޓެފަން ބާންހާޑެވެ.
އެ ފޯރަމްގައި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި ސްޕޯޓްސް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މައިލޯއަކީ ރާއްޖޭގެ ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބްރޭންޑެކެވެ. އެގޮތުން މައިލޯ ކަނެކްޓް ފޯރަމް 2024 އަކީ މި ލެގަސީގެ ހެއްކެއްގެ ގޮތުގައި ރާއްޖޭގެ ޒުވާނުންގެ ކުރިއެރުމަށާއި ކުރިއެރުމަށް މައިލޯއިން ދެމުން ގެންދާ އެހީތެރިކަން ދައްކުވައިދޭ ފޯރަމެކެވެ.
ރާއްޖޭގެ އަށް ކުޅިވަރު އެސޯސިއޭޝަނާއި، ކުޅިވަރުގެ ބޮޑެތި ފަސް އެކަޑަމީއަކާއި ކުޅިވަރުގެ ބޮޑެތި ގިނަ އިވެންޓްތަކެއްގެ ޕްރިންސިޕަލް ސްޕޮންސަރާއި ޕާޓްނަރުގެ ހައިސިއްޔަތުން މައިލޯއިން އަންނަނީ ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މައިލޯއިން ބުނިގޮތުގައި އެ ބްރޭންޑުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ބްރޭންޑުގެ އަމާޒަކީ ތަރައްގީގެ އާ ދާއިރާތައް ދެނެގަނެ، ޒުވާނުންނާއި ކުޅިވަރުގެ ހަރަކާތްތަކަށް އެއްބާރުލުން ދީ ކުރިއެރުވޭނެ ގޮތްތައް ހޯދުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު