ދިވެހި ރެޑް ކްރެސެންޓުގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް"ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިވެހި ރެޑް ކްރެސެންޓުން މިއަދު ބުނީ، ބީއެމްއެލްގެ އެހީ ލިބުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އެހީވުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
ދިވެހިރެޑް ކްރެސެންޓުން ކުރިޔަށްގެންދާ އެކި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހިމެނެއެވެ.
ބީއެމްއެލްގެ އެހީއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ އެ ޖަމިއްޔާގެ ޔުނިޓުތައް އިތުރަށް ތަރައްގީކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.
ބީއެމްއެލުން ވަނީ މީގެ ކުރިންވެސް ނުކުޅުދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް އެކި ވަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮމިނިއުޓީތަަކަށް ފައިދާ ކުރާ އެކި ކަހަލަ ތަންތަން ތަރައްގީކުރުމުގައި ވެސް ބީއެމްއެލުން ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ.
އޭގެ އިތުރުންވެސް، ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް ބީއެމްއެލުން އެހީތެރިވުމަށް އަންނަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު