މޯލްޑިވްސް ކަސްޓަމްސް ސާވިސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ގެންނަ މުދާ ފަސޭހައިން އަވަހަށް ނެރެވޭނެ އިންތިޒާމުތަކެއް އެ ސާވިސްއިން ހަމަޖައްޖައިފިއެވެ.
ސަރުކާރުގެ ހަފުތާ 14ގައި ކަސްޓަމްސް އިން ކުރިއަށްގެންދިޔަ ޕްރޮގްރާމުތަކާއި އަދި އެ ސާވިސްގެ ހިދުމަތް އަވަސްކުރުމަށް ތައާރަފުކުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު މިއަދު ނޫސްވެރިންނާ ވަނީ ހިއްސާކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ، އޮންލައިން ކޭޝް ޑިކްލެރޭޝަނާއި އެޑްވާންސް އީ އެޖެންސީ ހުއްދަ އާއި ވިޔަފާރިވެރިންނަށް ތަފާސްހިސާބު އޮންލައިންކޮށް ބެލޭނެ ގޮތް އަދި ކުރިއާ ކާގޯ މެނޭޖްމެންޓް ސިސްޓަމެވެ.
ކޭޝް ޑިކްލަރޭޝަންގެ ހިދުމަތް އޮންލައިންވެގެން ދިއުމުން، ދުރާލައި ކަސްޓަމަރުންނަށް ކޭޝް ޑިކްލަރޭޝަން ހުށަހެޅޭނެއެވެ. އަދި އެކަމުގައި ކުރިން އަމަލުކުރަމުންގެންދިޔަ ގޮތަށް ދުރާލައި ކޮންމެހެން ފުރަން އެއާޕޯޓަށް ގޮސްފައި އެކަން ކުރަން ނުޖެހޭނެއެވެ.
"އެޑްވާންސް އީ އެޖެންސީ" ހުއްދަ ތައާރަފުވުމާއެކު އޮޓޯއިން އެޕްރޫވަލް ހޯދުމަށް އެދޭ ހުރިހާ އެޖެންސީތަކަށް އެޕްރޫވަލަށް ރިކުއެސްޓެއް ދާނެއެވެ.
މިއަދު ތައާރަފުކުރި "ކޮރިއާ ކާގޯ ސިސްޓަމް"ގެ ސަބަބުން ޕެކޭޖެއް ނުވަތަ ޕާރުސަލްގެ ސްޓޭޓަސް އަޕްޑޭޓް ވަގުތުން ބަލައިލެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެެވެ.
"އޭގެ އިތުރުން ކަސްޓަމްސްއަށް ގުޅަން ނުވަަތަ ދާން ނުޖެހުމުން، އޮންލައިންކޮށް މުދާ ގެންނަ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ހަފުލާގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑަންޓް މުހައްމަދު އަފްޒަލް ވިދާޅުވިއެވެ.
މިއަދު އިތުރަށް ތައާރަފުކުރި، "އެޑްވާންސް އިން އެޖެންސީ"ގެ ސަބަބުން ކަސްޓަމްސް އިން މުދާ ކުލިއާ ކުރަން ބޭނުންވާ އެކި ހުއްދަތައް ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަަމަށާއި އޭރުން މުދާ ކުލިއާ ކުރުމުގެ ވަގުތު އަވަސްވެގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ ތަފާތުހިސާބު އޮންލައިންކޮށް ބޭނުން އިރަކު، ބޭނުން ސަރަހައްދެއްގައި ހުރެގެން އެ ހިސާބުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައި، އެކަން ވަނީ ތައާރަފުކޮށްފައެވެ.
އަފްޒަލް ވިދާޅުވީ އެ ޕްރޮގްރާމުތައް ތައާރަފުކުރުމުގެ މަގުދަސަކީ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަރުވައި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު