ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ޕްރޮމޯޝަނުގެ ދަށުން ލުއި ލޯނާއި ޕާސަނަލް ފައިނޭންސިންއަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ލުއި ލޯނާއި ޕާސަނަލް ފައިނޭންސިންއަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް އެ ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ ކަމަށާއި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 10ގެ ނިޔަލަށް ކަމަށެވެ.
ބީއެމްއެލުން ދޫކުރާ ލުއި ލޯނާއި އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން އެ ބޭންކުން ވަނީ ދާދިފަހުން ނިންމައިފިއެވެ. އެއީ ރާއްޖޭގައި ލޯނާއި ފައިނޭންސް އެގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.
ބީއެމްއެލުން ބުނީ އެ ބަދަލާއެކު ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ ކަމަށާއި އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް ހަތަރު ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.
ބީއެމްއެލް ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންގެ އިތުރު މައުލޫމާތު ހޯދުމަށް އެ ބޭންކުގެ [ވެބްސައިޓަށް](https://www.bankofmaldives.com.mv/lui-loan-and-personal-financing-promotion) ޒިޔާރަތްކުރުމަށް ބީއެލްއެލުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު