ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ލުއި ލޯނުތަކަށް ހުށަހަޅާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ލޯނު ލިބޭ ގޮތް އެ ބޭންކުން ހަދައިފިއެވެ.
ބީއެމްއެލްގެ ލުއި ލޯނުގެ ޕްރޮސެސް ކުރިން އޮންނަ ގޮތަކީ އެ ލޯނަށް ހުށަހެޅުމުން ލޯނަށް ޝަރުތު ހަމަވޭތޯ ބެލުމެވެ. ޝަރުތު ހަމަނުވާނަމަ އެޕްލިކޭޝަން ރިޖެކްޓުކުރާނެއެވެ. އަދި ރިޖެކްޓު ކުރި ސަބަބު ބަޔާން ކުރާނެއެވެ. ލޯނަށް ޝަރުތު ހަމަވާނަމަ އެކަން އަންގައި ފަސް ދުވަހުގެ ތެރޭގައި ލޯނުގެ ފައިސާ ޖަމާކޮށްދޭނެއެވެ. ލޯނު ސްޓޭޓަސް ބީއެމްއެލް މޯބައިލް އެޕްލިކޭޝަނުން ބެލެން ހުރެއެވެ.
އަލަށް ގެނައި ބަދަލުގައިވާ ގޮތުން ލުއި ލޯނަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ހަތަރު ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދޭނެއެވެ.
ބީއެމްއެލްގެ އިސްލާމިކް ފައިނޭންސްގެ ކަސްޓަމަރުންނަށް ވެސް ވަގުތުން އެޕްރޫވަލް ލިބޭނެއެވެ. ބީއެމްއެލް އިސްލާމިކުން ލޯނުގެ ފައިސާ 30 މިނެޓުގެ ތެރޭގައި ފައިސާ ޖަމާކޮށްދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު