ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއަށް ދިހަ ވިލަރަސްވެރިން (ދިރާސާކުރާ މީހުން) ހޯދުމަށް އިއުލާނުކޮށްފިއެވެ.

ތަރިކަ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވިލަރެސްވެރިންގެ އަސާސީ މުސާރައަކީ ރިސާޗް އެލަވަންސްއާ އެކު މަހަކު 30،000 ރުފިޔާ ކަމަށެވެ. މި ވަޒީފާގެ މުއްދަތަކީ ދެ އަހަރެވެ. މަހު މުސާރައިގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ ރަމަޟާން މަހަކު 3،000 ރުފިޔާ ވެސް ލިބޭނެއެވެ.

  • ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސް ކުރުން
  • ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިއުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކްކުރުން
  • ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުން
  • ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުން
  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ތައުލީމީ/ ކިޔަވައިދިނުމުގެ ދާއިރާގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާ އެކު، ސެކެންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ ފަރާތެއް ކަމުގައިވުން
  • އުމުރުން 35 އަހަރުން ދަށުގެ މީހަކަށް ވުން
  • އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައި ގައުމު ދެކެ ލޯބިވާ މީހަކަށްވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން
  • ދިވެހިވަންތަކަމުގެ ބަހާތަކަށް ލޯބިކުރާ ފަރާތަކަށްވުން
  • އުގެނުމާއި އުގަންނައި ދިނުމަށް ޝައުގުވެރިވުން
  • ސަގާފަތާއި ފަންނު (ޕާފޯމިން އާޓްސް) ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ޝައުގުވެރިކަން ހުރުން

މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 20, ގެ މެންދުރު 13:30އެވެ.