އުރީދޫ އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް އާންމުންނަށް ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ އުރީދޫ މޯލްޑިވްސްއާއި އަމާނަ ތަކާފުލްއާ ގުޅިގެން ތައާރަފުކުރި އިންޝުއަރެންސް ޕެކޭޖެއް ކަމަށެވެ. އެ ޕެކޭޖު ތައްޔާރުކޮށްފައިވަނީ އެމް-ފައިސާ މެދުވެރިކޮށް ނެގޭ ގޮތަށް ކަމަށް އުރީދޫން ބުންޏެވެ.
އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ހިދުމަތެއް ކަމަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުންތަކަށް އެ ޕެކޭޖު މެދުވެރިކޮށް ބަދަލުދޭނެ ކަމަށް އުރީދޫން ބުންޏެވެ.
"މިގޮތުން މި ޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެއްޖެނަމަ 771،000 ރުފިޔާއާ ހަމައަށް ބަދަލު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ކުއްލި ހާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ހާލަތުގައި) ބޭސް ފަރުވާގެ ހަރަދުތައް 1،542،000 ރުފިޔާއާ ހަމައަށް ބަދަލު ފޯރުކޮށްދެވޭނެއެވެ،" އުރީދޫން ބުންޏެވެ.
ރާއްޖެއިން ބޭރަށް ކުރާ ދަތުރު ކެންސަލް ކުރަން ޖެހިއްޖެނަމަ ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަ ޖެހިއްޖެ ހާލަތެއްގައި ވެސް ޕެކޭޖު މެދުވެރިކޮށް ބަދަލު ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ. ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގައި ވެސް ބަދަލު ފޯރުކޮށްދޭނެ ކަމަށެވެ. އަދި ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތް ނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަ ބަދަލުދެވޭ އުސޫލުތަކެއް ހިމެނިފައިވާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސް ޕެކޭޖު، 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ކަސްޓަމަރުންނަށް ނެގިދާނެ ކަމަށް އުރީދޫން ބުންޏެވެ. މި ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އެންމެ އަގުހެޔޮ އޭޝިއާ ޕެކޭޖު ލިބެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ. އަދި މީގެ އިތުރުން އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރުކުރާ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް ހުންނާނެ ކަމަށެވެ.
"އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުކަން އުފަލާއެކު ފާހަގަކުރަމެވެ. މި ޕެކޭޖުގެ އަގު މި ކަނޑައެޅިގެންދަނީ ނަންގަވާ މުއްދަތަކަށާއި ދަތުރު ކުރައްވާ ގައުމަކަށެވެ. މިގޮތުން އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރައްވާނަމަ ދައްކާލަން ޖެހިވަޑައިގަންނަވާނީ އެންމެ 117 ރުފިޔާ،" އުރީދޫން ބުންޏެވެ.
އެ ޕެކޭޖް 65 އަހަރުން ދަށުގެ ކޮންމެ މީހަކަށް ވެސް ނެގެން ހުންނާނެ ކަމަށާއި ޕެކޭޖު ނަގާއިރު އެއްކޮށް ދަތުރު ކުރާ މީހުން ވަކިވަކި ޕެކޭޖު ނެގުމުގެ ބަދަލުގައި އެއް ޕެކޭޖުގައި ހުރިހައި އެންމެނަށް ހިމެނުމުން ފަސޭހަވާނެ ކަމަށް އުރީދޫން ބުންޏެވެ. ޕެކޭޖުން ބަދަލު ހޯދުމަށް، އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނާ ތަކަފުލްއާ ހިއްސާކޮށް، ހަރަދުވި ބިލްތައް ހުށަހެޅުމުން ބަދަލު ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
މީގެ އިތުރުން އެމެޖެންސީ ހާލަތުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމާނާ ތަކަފުލްގެ ތާޑްޕާޓީ އެޖެންޓުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކިއެކި ސަރަހައްދުތަކުގައި ތިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު